މާވަރުލު އެއަރޕޯޓުގެ މަސައްކަތް ބަލާލުމަށް ގދ. ގައްދޫ ރައްޔިތުން އެ ރަށަށް ޒިޔާރަތްކޮށްފި
ގދ. މާވަރުލުގައި އަޅާ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް އެ އަތޮޅުގެ ގައްދޫގެ ރައްޔިތުން އެ ރަށަށް ޒިޔާރަތްކޮށްފިއެވެ.އެމްޓިސީސީއިން ބުނީ ގދ. ގައްދޫގެ ރައްޔިތުން މާވަރުލަށް ޒިޔާރަތްކޮށް އެ ރަށުުގައި ހަރަކާތްތެރިވަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ. މާވަރުލުގައި ޤާއިމްކުރާ އެއަރޕޯޓަކީ ގދ. ގައި އަޅާ ތިންވަނަ އެއަރޕޯޓްއެވެ. މާވަރުލުގެ އިތުރުން ގދ. ފަރެސްމާތޮޑާގައިވެސް އެއަރޕޯޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.މާވަރުލު އެއަރޕޯޯޓަކީ ހުވަދު އަތޮޅު ދެކުނު ބުރީގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ