ކުރީގެ ރައީސުންނަށް ދައުލަތުން ފޯރުކޮށްދެމުން އައި އިނާޔަތްތައް ކުޑަކުރުމާ ގުޅިގެން، ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގަވަމުން ގެންދަވާ އެމަނިކުފާނުގެ ފައުންޑޭޝަނުން މުވައްޒަފުން މަދުކޮށް، އެ ފައުންޑޭޝަނުގެ އޮފީސް ހިންގާ އިމާރާތުން ބައެއް ދޫކޮށްލައިފި އެވެ.
އިނާޔަތްތައް ކުޑަކުރުމާ ގުޅިގެން ރައީސް މައުމޫން ހިންގަވަމުން ގެންދަވާ "މައުމޫން ފައުންޑޭޝަނުގެ" އެންމެ ސީނިއާ ދެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައިވަނީ މުސާރަ ދެވޭނެ ގޮތެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫންގެ ފައުންޑޭޝަން ހިންގަމުން ދިޔައީ ގެއެއްގެ ދެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން ކަމަށާއި، ނަމަވެސް އިނާޔަތްތައް ކުޑަކުރުމުން ދެ އެޕާޓްމެންޓުގެ ތެރެއިން އެއް އެޕާޓްމެންޓް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ ދަށުން 2009 ވަނަ އަހަރުން ފެށިގެން ކުރީގެ ރައީސުންނަށް އިނާޔަތްތައް ދެމުން ދަނިކޮށް، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން ވަނީއެ ގާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށާފަ އެވެ.
"މައުމޫން ފައުންޑޭޝަނުން" މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ