ސީމެގްގެ ވަފްދުގެ ބޭފުޅުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ބައްދަލުކުރައްވައިފި

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ވަފްދުގެ ބޭފުޅުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ސުޕްރީމް ކޯޓުގަ އެވެެ.
މިބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމުގައި ސީމެގްގެ ވަފްދުގައި ހިމެނޭ ގަޔާނާގެ ނާއިބު ރައީސް އަދި މިނިސްޓަ އޮފް ފޮރިން އެފެއާޒު ވައިސް ޗެއާ އޮފް (ސީމެގް) މރ. ކާލް ގްރީނިޖް އާއި ކެންޔާގެ ކެބިނެޓް ސެކްރެޓަރީ ފޯ ފޮރިން އެފެއާޒު އެންޑް އިންޓަނޭޝަނަލް ޓްރޭޑް ޑރ. އާމިނާ މުހައްމަދު އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ. އެސް ޖައިޝަންކަރާއި އަދި މި ތިން ބޭފުޅުންގެ އަރިހުގައި ތިން ސަޕޯޓިން އޮފިސަރުންނާއި ކޮމަންވެލްތު ސެކްރެޓޭރިއޭޓުގެ ތިން ބޭފުޅުންނާއި އިތުރު ތިން ބޭފުޅަކު ވެސް ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ