އެމްޑަބްލިއުއެސްސީ އަށް ބައިލައްކަ ރުފިޔާ ދެއްކުމަށް އަމިއްލަ ފަރާތަކަށް ކޯޓުން އަންގައިފި

ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން ހޯދާފައިވާ ހިދުމަތަަކަށް ދައްކަން ޖެހޭ ބައިލައްކަ ރުފިޔާ ދައްކަން އަމިއްލަ ފަރާތަކަށް ސިވިލް ކޯޓުން އަންގައިފި އެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ 2013 ވަނަ އަހަރު ޖީޓީއެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފެން ކުންފުނިން ދޫކޮށްފައިވާ ހަތަރު ހައިޑްރޯނިކް މެމްބްރޭން އެލަމެންޓަށް ވާ ފައިސާ ނުދައްކައިވާ ކަމަށެވެ.
އެމުދަލުގެ އަގަކީ 57،208 ރުފިޔާ ކަމަށް ހުކުމުގައިވެ އެވެ. އަދި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިއުތިރާފުވެފައި ވާތީ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ