އައްޑޫ ސިޓީގެ ރަށްތަކުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

އައްޑޫ ސިޓީގެ ރަށްތަކުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ގޮތުން ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި މެއި މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ރަމަޟާން މަހާއި ގުޅިގެން ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެގޮތުން ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ވައްކަން ކުރާ ފަރާތްތަކަށް އެފުރުސަތު ނުދިނުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި ގޯތި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައެވެ.
ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ މި ޕްރޮގްރާމުގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ވަނީ އައްޑޫ ސިޓީގެ މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައެވެ.
މި ޕްރޮގްރާމްކުރިއަށް ދިޔައިރު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުން ފުލުހުންނަށް ލިބިފައިވެއެވެ
އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ދަނީ ރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ މިފަދަ ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ