ޒިންމާވާނެ ފަރާތެއް ނެތި ރައީސް ނަޝީދަށް ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށާއި، ދެވޭނެ ހަމައެކަނި ގޮތަކީ ރައީސް ނަޝީދުގެ އާއިލާގެ ފަރާތުން ޒިންމާވާނެ ބެލެނިވެރިއަކު ދެއްކެވުން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިިސްޓަރ އުމަރު މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.
އުމަރު ނަސީރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ސޮއިކުރައްވަން ޖެހޭ ފޯމްގައި ސޮއި ކުރެއްވުމަށްފަހު ވީދާލެއްވި ކަމަށާއި އެހެންކަމުން ރައީސް ނަޝީދު ފުރުވާލުމަށް ހުރަސް އެޅުފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވަކީލުން ވަނީ މި ވާހަކަ ދޮގުކޮށްފައެވެ. އަދި އެތަނުގައި އެވަގުތު އެބޭފުޅުންގެ ކުރިމަތީގައި ރައީސް ނަޝީދު އެ ލިޔުން ކަރެކްޝަނުގެ އެންމެ އިސް ސްޓާފާއި ހަވާލުކޮށްފައިވާ ކަމަށް ވަކީލުން ބުނެއެވެ.
ޒިންމާވާނެ ފަރާތެއް ނެތި ނަޝީދު ދޫކޮށެއް ނުލެވޭނެ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ