ޕިކްނިކް އައިލެންޑަށް ކަރަންޓް ދޭން ބޭނުންވާ ކޭބަލް ވަޅުލައިފި

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރާ ރަށަށް ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލް ވަޅުލައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ވައުދުފުޅާއި އެއްގޮތަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމް ކުރުމަށް ވަޅުލަންޖެހޭ 3000 މީޓަރުގެ ކޭބަލް މިހާރު ވަޅުލާނިމިފައިވާ ކަމަށެވެ.
ރައީސް @ibusolih ގެ ވައުދުފުޅާއި އެއްގޮތަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމް ކުރުމަށް ވަޅުލަންޖެހޭ 3000 މީޓަރުގެ ކޭބަލް މިހާރު ވަނީ ވަޅުލާނިމިފައި. pic.twitter.com/eJXx6j7pca
— STELCO (@STELCOMALDIVES) June 8, 2022
މާލެ ކައިރީގައި ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަށް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 2021 ސެޕްޓެމްބަރު 1 ވަނަ ދުވަހުއެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެ އެވެ. ބިން ހިއްކުމުގެ ކުރިން އެކަމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައިވެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން ޕިކްނިކް އައިލޭންޑުގެ އިތުރުން އެރަށް ކައިރިން ފިނޮޅެއްވެސް ހަދާނެ އެވެ. އެއީ 1.5 ހެކްޓަރުގެ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ