މާދަމާ ކުޑަވަގުތުކޮޅަކަށް މާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑޭނެ!

ކަރަންޓުގެ މަސައްކަތްތަކެއް މާދަން ހެނދުނު ކުރިއަށް ދާނެ ކަމަށާއި، ބައެއް ހިސާބުތަކުން ކަރަންޓު ކެނޑޭނެ ކަމަށް، ސްޓެލްކޯ އިން ބުނެފިއެވެ.
އެއް ވިއުގައަކުން މާލެއާއި ހުޅުމާލެ، އަދި ވިލިމާލޭގެ ކަރަންޓު ގުޅާލުމަށްޓަކައި ގާއިމްކޮށްފައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑްގައި ކުރަން ޖެހޭ މަސައްކަތްތަކެއް ސްޓެލްކޯ އިން ކުރުމަށް މާދަން ހަމަޖެހިފައިވެއެވެ.
ވުމާއެކު، މާދަމާ ހެނދުނު 6:30 އާއި 7:30 އާ ދޭތެރޭ މަސައްކަތްތައް ކުރާއިރު، މާލޭގެ ބައެއް ހިސާބުތަކުން 10 މިނެޓަށް ކަރަންޓު ކެނޑޭނެ ކަމަށް، އެ ކުންފުނިން ބުންޏެވެ. އެ ހިސާބުތަކަކީ:
އެހެންކަމުން، އާންމުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް، ސްޓެލްކޯ އިން ބުންޏެވެ.
މީގެ އެއް މަސް ކުރިން މާލޭގައި ކަރަންޓު ދޭ މައި ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން، މޭ 24 ގެ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ. އެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސް، އަލުން ކަރަންޓު ދޭން ފަށާފައިވަނީ ހެނދުނު 9:10 ގެ ފަހުންނެވެ.
ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށާއި، އެފަދަ މަސައްކަތް ކުރުމަށް ދޭތެރެ ދޭތެރެއިން ސްޓެލްކޯ އިން ކަރަންޓު ކަނޑައެވެ. އަދި އާންމުންނާ އެފަދަ މައުލޫމާތު ހިއްސާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ