ލީގުގެ ފުރަތަމަ މެޗުގައި ފުލްހަމްއިން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުގައި ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލް މޮޅުވިޔަ ނުދީ އެ ޓީމުން ހިފަހައްޓައިފިއެވެ. މިއަދު ހަވީރު ފުލްހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިއަދު އެ ދެ ޓީމު ބައްދަލުކުރި މެޗު ފަށައިގެން ފުލްހަމްއިން ދިޔައީ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓު ތެރޭގައި ފުލްހަމްއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ޓީމުގެ އަލެކްސެންޑްރާ މިޓްރޮވިޗް ލިވަޕޫލްގެ ޕެނަލްޓީ އެރީއާ ތެރޭގައި ހުރެ ތިރިތިން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު އަރިމަތިން ބޭރަށެވެ. އޭގެފަހުން ވެސް ފުލްހަމްއިން ވަނީ ފުލުފުލުގައި ލިވަޕޫލް ގޯލަށް އަމާޒުކޮށް ހަމަލާތައް އުފައްދާފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ކެނީ ޓެޓޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ފުލްހަމްއިން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ. ނަމަވެސް މެޗުގެ 64 ވަނަ މިނެތުގައި ލިވަޕޫލްއަށް މި ސީޒަނަށް އަލަށް ގެނައި ކުޅުންތެރިޔާ ޑާވިން ނުނޭޒް ވަނީ ލިވަޕޫލަށް އޭނާ ފުރަތަމަ ގޯލު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ލިވަޕޫލްގެ ވާގިލް ވެންޑައިކް ފުލްހަމްގެ މިޓްރޮވިޗްއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ދިން ޕެނަލްޓީގެ ބޭނުން ހިފައި މިޓްރޮވިޗް ވަނީ ދެވަނަ ފަހަރަށް ފުލްހަމްއަށް ލީޑު ނަގައިދީފައެވެ. އެނަތީޖާގައި އޮވެ މެޗު ނިމުމުގެ ކުރިން މެޗުގެ 80 ވަނަ މިނެޓުގައި ލިވަޕޫލްއިން ވަނީ އަނެއްކާ ގޯލެއްްޖަހައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ. އެ ގޯލަކީ ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި އެ ޓީމުގެ މުހައްމަދު ސަލާހް ޖެހި ގޯލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ