މޫސުން ގޯސް، ބޮޑުބަޔަކަށް ވައިޓް އެލާޓް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ހިސާބުތަކަށެވެ.
އެ ހިސާބުތަކަށް ވައިޓް އެލާތް ނެރެފައިވަނީ ހެނދުނު 11:00 އިން ހަވީރު 17:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ގަޑިއަކު 19 މޭލު ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ ހުކުރު ދުވަހުން ފެށިގެން ރާއްޖެ ސަރަހައްދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ