ފެމެލީ ކޯޓުން ވީޑިޔޯ ކޮންފަރެންސްކޮށް ކައިވެނިކޮށްދޭން ފަށައިފި

ފެމެލީ ކޯޓުން ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ފަށައިފިއެވެ.
މެއި 3 ވަނަ ދުވަހުން ފެށިގެން ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް ވަނީ އެކުލަވާލެވިފައެވ. ކޮވިޑްގެ ސަބަބުން ސަރުކާރުގެ ހުރިހާ އޮފީހެއް މިހާރު ވަނީ ބަނދުކުރެވިފައެވެ.
އެ އުސޫލުގައި ބުނެފައިވާގޮތުގައި، އެފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ. އެގޮތުން ކައިވެނީގެ މަޖްލިސް ބޭއްވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން، ވީޑީއޯ ކޮންފަރެންސް ބާއްވަން ހަމަޖައްސާފައިވާ އޮންލައިން ޕްލެޓްފޯމަށް ލޮގިން ވާންޖެހޭނެ އެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހޭނެ އެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ގޮތަށް ކައިވެނިކޮށްދިން ކަމުގައި ވިއަސް، ކައިވެނީގެ މަޖިލިސް ފަށާނީ އާއްމު އުސޫލުންނެވެ. ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެ އެވެ.
މިގޮތަށް ކޮށްދޭ ކައިވެނިތަކުގެ ލިޔުން ލިބެނީ މެއިލް ނުވަތަ ސޯޝަލް މީޑިޔާ މެދުވެރިކޮށްނެވެ. ކޯޓުން ހާއްސަ ނަންބަރެއް ޖަހާފައިވާ ވަގުތީ ލިޔުކެވެ.
މިގޮތަށް ކައިވެނިކޮށްދޭން ނިންމާފައި މިވަނީ ކޮވިޑް އާ ގުޅިގެން އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މާލެ ލޮކްޑައުން އަކަށް ދިއުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ