މިމަހުގެ 23 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ރައީސް ނަޝީދު ހާޒިރު ކުރުމުގައި ހިނގާދިޔަ ކަންތަކުގެ ތެރެއިން ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، އެދުވަހުގެ ކަންތައްތަކާއި ގުޅިގެން ޑޮކްޓަރުންނާއި ރައީސް ނަޝީދުގެ އެދުމުގެ މަތިން އެކްސްރޭ ނަގާފައިވަނީ ރައީސް ނަޝީދުގެ ކޮނޑު ކަށިގަނޑު ކަމަށެވެ. އަދި އެކްސްރޭ ބެއްލެވުމަށް ފަހު ރައީސް ނަޝީދުގެ ކޮނޑު ކަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމުގެ ޔަގީންކަން ޑޮކްޓަރުން ދެއްވާފައިވާ ކަމުގައިވެސް ހަމްދޫން ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް އެކްސްރޭތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށް، ކަމުގެ ހަގީގަތް އޮޅުވާލަން ވަނީ މަސައްކަތް ކޮށްފައި،" ހަމްދޫން ވިދާޅުވި އެވެ.
ހަމްދޫން އިތުރަށް ވިދާޅުވީ ރައީސް ނަޝީދުގެ ވަކީލުން މިހާރު ކުރާ ތުހުމަތަކީ ފުލުހުންގެ ބަންދުގައި އެމަނިކުފާނު ހުންނައިރު އެމަނިކުފާނަށް ފުލުހުން އަނިޔާކުރާ ވާހަކައާއި ވަކީލުންނަށް ބައްދަލުވުމުގެ ފުރުސަތު ނުދޭ ވާހަކަ ކަމުގައެވެ. އެކަމަކު އެވާހަކަ ތަކަކީ ރައްޔިތުންގެ ކުރިމަތީގައި އެބޭފުޅުން ކަނޑައެޅިގެން ހައްދަވާ އިތުރުފުޅެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ފުލުހުންގެ ބަންދުގައި ހުންނަވަނީ އެމަނިކުފާނަށް ލިބިދޭން ޖެހޭ ހައްގުތައް ފުރިހަމައަށް ލިބިދީ އިންސާނީ ކަރާމަތަށް އެއްވެސް އުނިކަމެއް ނުލިބި ރައްކާތެރިކަމާއި އެކުގައި ކަމަށާއި، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ޑޮކްޓަރުން ބުނަނީ ނަޝީދަށް އަނިޔާ ވެފައި ނުވާ ކަމަށް: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ