ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިން ހިދުމަތް އަލުން ފަށައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން އެމްބާމިން ހިދުމަތް އަލުން ދޭންފަށައިފިއެވެ.
އެމްބާމިންއަކީ މީހާ މަރުވުމަށްފަހު ގައުމުން ބޭރަށް ހަށިގަނޑު ފޮނުވަންޖެހޭ ހާލަތްތަކުގައި ހަށިގަނޑު ހަލާކު ނުވާގޮތަށް ރައްކާ ކުރުމެވެ.
މި ހިދުމަތް ފޯރުކޮށްދެނީ މަރުވެފައިވާ މީހާގެ ހަށިގަނޑަށް ގެއްލުން ނުވާނެހެން ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސައިންސްގެ އެންމެފަހުގެ ޓެކްނީކްތައް ބޭނުންކޮށްގެން ސިއްޙީ ދާއިރާގެ ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މޯޗަރީ ހިދުމަތުގެ ދަށުން ރާއްޖޭގައި އަލަށް މިހިދުމަތް ތައާރަފްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުގައެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްބާމިން ޕްރޮސީޖާ ހަދާފައިވަނީވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބައިނަލްއަޤުވާމީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތީން މިހިދުމަތް ފޯރުކޮށްދެނީ ދުނިޔޭގެ ފެންވަރުގެ ލައިސެންސް ލިބިފައިވާކަމުގެ ތަޖުރިބާކާރު މާހިރުންގެ ޓީމަކުންކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ