މެމްބަރު ބޯދިގު، ޤާސިމަށް: "އިސްލާހު އައީ ބަގާވާތެއް ކުރަން އުޅެނިކޮށްބާ؟"

މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ކުށަކަށް ހެދުމުގެ ބިލު މަޖިލީހަށް އައީ ބަޣާވާތެއް ކުރަން އުޅެނިކޮށްތޯ ވިދާޅުވެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)، މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ފާޑުވިދާޅުވެއްޖެއެވެ.
ބޯދިގު ގާސިމަށް ފާޑުވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް ޖުމްހޫރީ ޕާޓީން ބަޔާނެއް ނެރެފައިވަނިކޮށެވެ.
ބޯދިގު ކުރި ޓްވީޓްގައި ޤާސިމަށް ފާޑުވިދާޅުވެ ވިދާޅުވެފައިވަނީ، ޤާސިމަށް ލިބިފައި ހުރި ހުނަރު އަދި ސިޔާސީ ހަތިޔާރު އަތްމަތިން ގެއްލޭތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
"އަނެއްކާ ބަޤާވާތެއް ކުރަން އުޅެނިކޮށް އައި ބިލެއްބާމީ." މެމްބަރު ބޯދިގު ގެ ޓްވީޓްގައިވެއެވެ.
އަސްތާ..!!!ސޭޓަށް ހަމައެކަނި ލިބިފަހުރި ހުނަރު އަދި ސިޔާސީ ހަތިޔާރު އަތްމަތިން ގެއްލޭތީ ފިސާރި ވަރުފަޝެއް އެބަ އަރާ.!!!އަނެއްކާ ބަޤާވާތެއް ކުރަން އުޅެނިކޮށް އައި ބިލެއްބާމީ.!!! https://t.co/le0Kadfj6Y
— Mohamed Rasheed (@boadhigu) June 5, 2021
ޖުމްހޫރީ ޕާޓީން އިއްޔަ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާހު ފާސްކުރުން ވާނީ ދީނާ ދެކޮޅަށް ކުރެވޭ ކަމަކަށް ކަމަށާއި، ސަރުކާރު ކޯލިޝަން ދެމި އޮންނަން ބޭނުންވާނަމަ އެ އިސްލާހު އެގޮތަށް ފާސްނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ