މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލާމު އަތޮޅުން އައްްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ލާމު އަތޮޅުން އައްްޑޫ ސިޓީއަށް ރީނދޫ ސަމާލުނެރެފިއެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 0900 އިން މެންދުރު 1300 ގެ ނިޔަލަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ލާމު އަތޮޅުން އައްްޑޫ ސިޓީއަށް ހިމެނޭ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުމާއި އެކު ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން ހިމެނެއެވެ.އަދި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުމަކީވެސް ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ