މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް!

އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 13:45 އާއިހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެއެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުނު ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 1 ފޫޓާއި 3 ފޫޓާއި ދެމެދުގައި ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ