ޕީޕީއެމްގެ އިންތިހާބު ކޮމެޓީއާ މައުމޫން ބައްދަލު ކުރައްވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީގެ އިންތިހާބީ ކޮމެޓީއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ކޮމެޓީއާ ރައީސް މައުމޫން ބައްދަލު ކުރެއްވީ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް އިންތިހާބު ކޮމެޓީން ކުރާ މަސައްކަތާއި ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށާއި މަސައްކަތަށް ހިތްވަރު ދެއްވުމަށެވެ. އެގޮތުން އިންތިހާބު ކަންކަމާ ގުޅިގެން ރައީސް މައުމޫން މަޝްވަރާ ކުރެއްވުމުން ކޮމެޓީން މިއަދު ވަނީ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްދާ ކަމަށް ދަންނަވާފަ އެވެ.
މި ބައްދަލުވުމުގައި އިންތިހާބު ކޮމެޓީގެ ރައީސް މުހައްމަދު ތޮލާލު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ޕްރައިމަރީއަށް ހުރިހާ ކަމެއް ވެސް ތައްޔާރުވެފައިވާ ކަމަށެވެ. ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނައި ޕާޓީގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ އިންތިހާބުގެ ކެމްޕޭންތައް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ