ސުޕްރީމް ކޯޓްގެ އިސް އިދާރީ މުވައްޒަފުންނާ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުން ބައްދަލުކުރައްވައިފި

12:11ސުޕްރީމް ކޯޓްގެ އިސް އިދާރީ މުވައްޒަފުންނާ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފާއި ސްޕެޝަލް އެންވޯއި ޓުދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ ސުޕްރީމް ކޯޓްގައި ބައްދަލުކުރައްވައިފި އެވެ.މެންދުރު 12 ޖަހަނިކޮށް ފެށި މި ބައްދަލުވުން ގާތްގަނޑަކަށް 20 މިނިޓް ކުރިއަށްދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.ރައީސުލްޖުމްހުރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު ވިދާޅުވީ އެ ބައްދަލުވުން ބޭއްވެވީ ސުޕްރީމް ކޯޓްގެ އިދާރީ ހިންގުން ދެމިއޮތްކަން އެ ފަރާތްތަކަށް ކަށަވަރުކޮށްދެއްވުމާއި އެއްވެސް ރައްޔިތެއްގެ ހައްގަކަށް އުނިކަން ނާންނާނެ ގޮތުގެ މަތީން އެތަނުގެ އިންތިޒާމުތައް ކުރިއަށް ގެންދެވުމަށް ދެންނެވުމަށް ކަމަށެވެ.ޒުހައިރު ވިދާޅުވީ އެކަން ބެލެހެއްޓެވުމަށް ރައީސް ހަވާލުކުރެއްވީ ޒަކީ އާއި އަފީފާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ