ޕޮލިސް އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކެއް އެހެން ބައެއްގެ މަންފާއަށް ފޯރުކޮށްދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަމީދު ދޫކޮށްލުމަށް ޖިނާއީ ކޯޓުން އަމުރުކުރީ މީގެ ކުޑައިރުކޮޅެއްގެ ކުރިން އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ބޭއްވި އަޑު އެހުމުގަ އެވެ.
ހަމީދުދޫކޮށްލުމަށް ކޯޓުން އަމުރުކުރީ، އޭނާ ފޯރުކޮށްދިންކަމަށް ބުނާ މައުލޫމާތަކީ އޭނާގެ އިތުރުން އެހެން ފުލުހުންނަށް ވެސް އެނގޭ މައުލޫމާތަކަށްވާތީ، ފޮތަށް މައުލޫމާތުދީފައިވަނީ ހަމީދުގެ ފަރާތުންކަން ފުލުހުންނަށް ސާބިތުކޮށްނުދެވިގެންނެވެ.
މީގެ ފަސް ދުވަސްކުރިން ހަމީދު ބަންދުކުރުމުގެ އަމުރު ކޯޓުން ނެރެފައިވާއިރު އެ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ގާނޫނީ ޓީމުން ހައިކޯޓަށް ހުށަހެޅި މައްސަލަ ނިންމާފައިވަނީ ދަށުކޯޓަށް ތާއިދުކޮށްފައެވެ. ހައިކޯޓުން ޖިނާއީ ކޯޓަށް ތާއިދުކޮށް މައްސަލަ ނިންމުމާގުޅިގެން އެ މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމަށް މިހާރު ވަނީ ނިންމާފަ އެވެ.
ހަމީދު ހައްޔަރުކުރީ ރައީސް މުހައްމަދުނަޝީދުގެ ވެރިކަން ވެއްޓުނުގޮތާ ބެހޭ ގޮތުންކުރީގެ ދެ މިނިސްޓަރުންކަމަށްވާ އަމީން ފައިސަލާއި މުހައްމަދު އަސްލަމް ނެރުއްވި ފޮތަށް މައުލޫމާތު ފޯރުކޮށް ދިނުމުގު ތުހުމަތުގަ އެވެ.
ފުލުސް އިންޓެލިޖެންސުގެ ކުރީގެ ވެރިޔާ ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ