ސައިފް އަލީ ހާނާއި ކަރީނާގެ ކައިވެނި ބްރެޒިލްއަށް ބަދަލުކޮށްފި

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމަށްވާ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ކައިވެނި ރާއްޖޭގައި ބާއްވާނެކަމަށް ބުނިނަމަވެސް އެކައިވެނި މިހާރު ބްރެޒިލްއަށް ބަދަލުކޮށްފައިވާކަމަށް ސައިފް ބުނެފިއެވެ.
އަންނަ ޑިސެމްބަރުމަހު ރާއްޖޭގެ ރިސޯޓެއްގެ ބީޗްގައި މި ދެޖޯޑުގެ ކައިވެނި އޮންނާނެކަމަށް ސައިފްވަނީ މިމަހުގެ މީޑިއާގައިބުނެފައެވެ. ނަމަވެސް ބޮލީވުޑް ލައިފް ވެބްސައިޓަށް ސައިފް އިއްޔެ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ކައިވެނި ހަފުލާ އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގެ ކޮޕަކަބާނާގެ ބީޗެއްގައި ކަމަށެވެ.
އުމުރުން 41 އަހަރުގެ ސައިފް އަލީހާނާއި 31 އަހަރުގެ ކަރީނާ ކަޕޫރު ލޯބީގެ ގޮތުން ގުޅިފައިވަނީ ދެ ބަތަލުން އެކުގައި ކުޅުނު "ތަޝަން"ގެ ޝޫޓިންގގެ ތެރެއިން 2008 ވަނަ އަހަރުގައެވެ.
ސައިފްއާއި ކަރީނާގެ ކައިވެނި ކުރުމަށް ތާރީހުތައް ކަނޑައެޅި ކައިވެނި ފަސްވަމުންދާއިރު ސައިފްވަނީ މީގެކުރިން ފިލްމީ ބަތަލާ އަމްރިތާ ސިންގް އާއި ކައިވެނިކޮފައެވެ. އަމްރިތާއަށް ސައިފްގެ ދެ ކުދިންވެސް ތިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ