ސްޕްރީމް ކޯޓުގެ ބެންޗަށް އަލީ ވަހީދުގެ އިންޒާރެއް!

ރައްޔިތުންގެ މަޖިލީހުގެ އަޤްލަބިއްޔަތު އެމްޑީޕީއަށް ލިބިއްޖެނަމަ ސްޕްރީމް ކޯޓްގެ ބެންޗު ބަދަލުކުރާނެކަމަށް އިޝާރާތްކުރައްވާ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ނައިބު ލީޑަރ އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އިންޒާރު ދެއްވައިފިއެވެ.
އެމްޑީޕީން މިހާރު ދެކުނަށް ކުރަމުން ގެންދާ ވައުދުގެ ދަތުރުގައި ރޭ ގދ ތިނަދޫގައި ވާހަކަދައްކަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުންނަކީ މުޅި އުމްރަށް އެމަގާމަށް އައްޔަން ކުރެވިފައިވާ ބައެއްކަމަށް ހީކޮށްގެން ނުވާނެކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް އެމްޑީޕީން ކާމިޔާބު ކުރާނެކަމަށާއި އެދުވަހަކުން ކޯޓްތަކުގެ ފަނޑިޔާރުން ބަދަލުކުރާނެކަމަށް ދޭހަވާގޮތަށް އަލީ ވަހީދު ރޭ ވާހަކަ ދެއްކެވިއެވެ.
އަލީ ވަހީދު ވިދާޅުވީ ޤާނޫނަށް ބަދަލުގެނެސް ސްޕްރީމް ކޯޓްގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުން އުމުރަށް އެބެންޗުގައި ތިބެނޭވެކަމަށް ހީކުރައްވާ ފަރާތްތަކަށް އެކަން އެގޮތަށް ކުރެވުގެން ނުދާނެކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމަށް އަލީ ވަހީދު ރޭވަނީ ވަރަށް ބޮޑަށް ފާދު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ