މިޞްރުގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުގައި ވޯޓްލުމަށް އެޤައުމުގެ ރައްޔިތުން ތައްޔާރުވެއްޖެ

ހުސްނީ މުބާރަކް އިސްތިއުފާ ދެއްވިތާ ފަނަރަ މަސް ދުވަސް ފަހުން މިޞްރުގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުގައި ވޯޓްލުމަށް އެޤައުމުގެ ރައްޔިތުން ތައްޔާރުވެއްޖެއެވެ.
މިޞްރުގެ ރައީސްއެއް ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަމަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެކަމަށް އެޤައުމުގެ ސުޕްރީމް ކައުންސިލް އޮފް އަރމްޑް ފޯސަސް އިން ވަނީ ބުނެފައެވެ. ހުސްނީ މުބާރިކް އިސްތިއުފާ ދެއްވި ފަހުން މިވީ ފަނަރަ މަސް ދުވަހު މިޞްރުގެ ހުރިހާ ކަމެއް ހިންގާފައިވަނީ މިއަސްކަރީ ކައުންސިލުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިޞްރުގެ ވޯޓްލުމުގެ ހައްޤު ފަންސާސް މިލިއަން މީހުންނަށް ލިބިގެންވެއެވެ.
މިޞްރުގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުގައި ވޯޓްލުމަށް އެޤައުމުގެ ރައްޔިތުން ތައްޔާރުވެފައިވާއިރު އެންމެ އަޑުގަދަކޮށް މިހާތަނަށް ކެމްޕޭން ކުރަމުން އައިސްފައިވަނީ މިޞްރުގެ ކުރީގެ ވައިގެ ސިފައިންގެ ކޮމާންޑަރެއްކަމަށްވާ އަޙްމަދު ޝަފީޤާއި އަރަބި ލީގުގެ އިސްވެރިޔާ އަމްރު މޫސާއާއި މުސްލިމް ބްރަދަހޫޑްގެ މުޙައްމަދު މުރްސީއާއި މިނިވަން އިސްލާމީ ކެންޑިޑޭޓެއްކަމަށްވާ އަބްދުލް މުނީމް އަބުލްފަތުހެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އިންތިޚާބުގެ ދެވަނަ ބުރެއް އަންނަ މަހުގެ ސޯޅަ ނުވަތަ ސަތާރަ ވަނަ ދުވަހު ބޭއްވުމަށް ވަނީ މިހާރު ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ