އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ހާއްދަ މެޑެލްއެއް ދިނުމަށް އަސްތުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަޖިލިސް ހުޅުވުމަށް ބައިބަޔަށް މިހާރު ދެއްވަމުން ގެންދަވާ ސިޔާސީ ބަޔާނުގެ ތެރޭގައެވެ.
ރައީސް ވިދާޅުވީ އޯލެވެލް އިމްތިހާނުގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައިވަނީ މިއދިޔަ އަހަރުކަމުގައެވެ. އަދި ދުނިޔޭގެ އެއްވަނާގައި ހިމެނޭ ދަރުވަރުންގެ އަދަދު އިތުރުވަމުން އަންނަކަމަށެވެ.
އަދި އޯލެވެލްހަދާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި އިތުރު އޭލެވެލް ކްލާސްތައް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އެއްވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ