ކުރީގެ މެމްބަރު ނާޒިމްގެ ބޭސްފަރުވާ އަށް އަނެއްކާ ވެސް މުއްދަތު އިތުރުކޮށްދީފި

މަކަރާއި ހީލަތުގެ މައްސަލަ ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ ކުރުމަށް އިތުރު 15 ދުވަހުގެ މުއްދަތެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފި އެވެ. ކޮމިޝަނަ އޮފް ޕްރިޒްންސް މުހައްމަދު ހުޝާމް މިއަދު "ހަވީރަ"ށް ވިދާޅުވީ ސިންގަޕޫރުގައި ހުންނަވައިގެން އިތުރު އޮޕަރޭޝަނެއް ކުރައްވަން ނާޒިމް އެދިވަޑައިގަތުމުން، މި މަހުގެ 30ގެ ނިޔަލަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ. މިއީ ރާއްޖެ އިން ބޭރުގައި ބޭސްފަރުވާ އަށް ހުންނެވުމުގެ މުއްދަތު ނާޒިމަށް އިތުރު ކޮށްދިން ތިންވަނަ ފަހަރެވެ. ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ މިދިޔަ ޑިސެމްބަރު 10ގަ އެވެ. އެ ފަހަރު އޭނާ އަށް ކަރެކްޝަނަލް ސާވިސް އިން ދިނީ ދެ ހަފުތާގެ މުއްދަތެކެވެ. އެހެންވެ ނާޒިމްގެ އޮޕަރޭޝަނަށް ސިންގަޕޫރުގައި މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން މަޑުކުރައްވާނެ އެވެ. ނާޒިމަކީ ވަރަށް ކުރިއްސުރެ ފެށިގެން މައިބަދައިގެ މައްސަލަ ހުންނަ އަދި މައިބަދައިގެ ދެ އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން މާލޭގެ އައިޖީއެމްއެޗްގައި ވެސް އޭނާ ވަނީ މައިބަދައިގެ އޮޕަޝަނެއް ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓުން ނާޒިމްގެ މައްޗަށް 25 އަހަރުގެ ހުކުމެއް ކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން ބިޑް ކާމިޔާބުކުރި ކަމުގެ ކުށުގަ އެވެ. އެ މުއާމަލާތުގެ އަގު ކަމަށް ވާ 1.4 މިލިއަން ރުފިޔާ އަކީ ނިވާފަތްގަނޑަކަށް ކުންފުނި ބޭނުންކޮށްގެން މަކަރާއި ހީލަތުން ނާޒިމް ހޯއްދަވާފައިވާ އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި މައްސަލައިގެ ހުކުމުގައިވެ އެވެ.ދަތެވެ. އެކަމަކު އެހެން އޮޕަރޭޝަނެއް ކުރަން ބޭނުންވާތީ، އިތުރު 10 ދުވަސް އޭނާ އަށް ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ