ކޮވިޑާއެކުވެސް މުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން އިތުރަށް ނެގީ ދެ މަސް

މިދިޔަ ދެ އަހަރު ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ލޮކްޑައުންވުމާއި ބޯޑަރުތައް ބަންދުރުކުން ފަދަ ދަތިތަކާއެކުވެސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން މުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިދިޔަ އޮކްޓޯބަރަށް އެ މުއްދަތު ހަމަވި އިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. މ. މުލައް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލުން -- ފޮޓޯ/ އެމްޓީސީސީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 17.6 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުގެ ތެރޭގައި އެރަށު 411.90 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 42 މަސައްކަތެއް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ