ނަޔާ ކުޅުދުއްފުށީ ގޮފީގެ ރައީސްއަކަށް އަލީ ނައިބަކަށް އާތިފާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ނަޔާ ކުޅުދުއްފުށީ ގޮފީގެ ރައީސްކަމުގެ މަގާމަށް އަލީ ވަހީދު އަދި ނައިބު ރައީސްކަމުގެ މަގާމަށް ސިޓީ ކައުންސިލްގެ މެމްބަރު އާތިފާ އަލީ ހޮވައިފި އެވެ.
ކުރީގެ ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްވެ ހުންނަވައި އުފެއްދި ނަޔާ ކުޅުދުއްފުށީ ގޮތްޕަކީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ކުޅުދުއްފުށީގައި އިތުރަށް ވަރުގަދަކުރުމުގެ މަގްސަދުގައި އުފެއްދި ގޮތްޕެކެވެ.
ނަޔާ ކުޅުދުއްފުށީ ގޮފީގެ އިތުރު މަގާމުތަކަށް ބަލާއިރު ޕޮލިޓިކަލް ކައުންސިލްގެ ޗެއާއަކަށް ކުރީގެ ރަށު ކައުންސިލު ރައީސް އަލީ މުހައްމަދު، އިކޮނޮމިކް ކައުންސިލްގެ ރައީސަކަށް ކުރީގެ ރަށު ކައުންސިލުގެ ރައީސް އަބްދުލް ލަތީފު ހަސަން ހަމަޖެއްސި އެވެ.
މީގެ އިތުރުން ސޯޝަލް ކައުންސިލުގެ ރައީސަކަށް ކުރީގެ ރަށު ކައުންސިލުގެ ކުރީގެ ނައިބު ރައީސް އަލީ ހާޝިމް. ވިމެންސް ކައުންސިލުގެ ރައީސްއަކަށް ސިޓީ ކައުންސިލް މެމްބަރު އައިމިނަތު މަޖީދާ ހަމަޖެއްސި އެވެ. އަދި ނަޔާ ކުޅުދުއްފުށި ގޮފި ހިންގަން 29 މީހުންގެ ކައުންސިލެއްވެސް ވަނީ އެކުލަވާލާފަ އެވެ.
ނަޔާ ކުޅުދުއްފުށީގެ ގޮފީގެ ރައީސް އަލީ ވަހީދާއި ނައިބު ރައީސްގެ މަގާމަށް ހޮވުނު އާތިފާ އަލީ އިތުރު މަގާމުތަކަށް ހޮވުނު ބޭފުޅުން--
ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އަލީ ވަހީދު ވަނީ 1100 އަށްވުރެގިނަ ވޯޓް ކާމިޔާބުކުރައްވާފަ އެވެ. މިއީ މިހާތަނަށް ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކަށް ނުލިބޭހާ ގިނަ އަދަދެއްގެ ވޯޓެވެ.
އިންތިހާބު ބަލިވިނަމަވެސް އަލީ ވަހީދު ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި ބޮޑު ޖާފަތެއް ދީފަ އެވެ. އަދި ނަޔާ ކުޅުދުއްފުށި ބްރޭންޑާއެކު ކުޅުދުއްފުއްޓަށް ބޭނުންވާ ތަރައްގީގެ އަޑު ދެން ފަނޑުވެގެންނުދާނެކަމަށް އަލީ ވަހީދު އެދުވަހު ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ