2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވާން ފެށުމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް އެ ޕާޓީގެ ކަމާބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.
ދެކަފިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން މިއަދު ވަނީ، އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބުދުލް އަލީމް މެދުވެރިކޮށް އެ ޕާޓީގެ ބައި އިލެކްޝަން ކޮމިޓީއަށް ފޮނުވި ސިޓީއެއްގެ ޒަރީއާއިން އެކަން އަންގަވާފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އޮވެ، ފަހަކަށް އައިސް ޕާޓީގެ ނަންމަތީގައި ރައީސް މައުމޫން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އޭގެ އިތުރުން، ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް އިންކާރުކުރައްވަމުން ވެސް މެއެވެ.
ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމް ތައްޔާރުވާން ފެށުމަށް މައުމޫން އަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ