މީރާގެ ނަމުގައި ފައިސާ ހޯދުމަށް ކުރާ ކޯލުތަކަށް ސަމާލުވޭ!

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަމުގައި ފޭކް ފޯނުކޯލްތަކެއް ކޮށް، ފައިސާ ފޮނުވުމަށް ބަޔަކު އެދެމުންދާތީ، އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފިއެެވެ.
މީރާއިން ބުނީ މިހާރަކަށް އައިސް އެ މިރާގެ ނަމުގައި މީރާގެ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ ކޮންޓެސްޓެއްގައި ބައިވެރިވުމަށްކަމަށްބުނެ، މޯބައިލް ނަމްބަރަކަށް ރީޗާރޖްކުރުމަށާއި، ވަކި އެކައުންޓަކަށް ތަފާތު އެކި އަދަދުތަކުން ފައިސާ ޓްރޭންސްފާ ކުރުމަށް އެދެމުންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
މިރާ އިން ބުނީ އެ އޮތޯރިޓީގެ އެއްވެސް ހަރަކާތަކަށް ފައިސާ ހޯދުމަށް ނުގުޅާނެ ކަމަށެވެ. އަދި އެގޮތަށް ފައިސާ ހޯދަން ގުޅައިފިނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވީހާވެސް އަވަހަކަށް އެންގުމަށް އެދޭ ކަމަށެވެ.
ތަފާތު މުވައްސަސާތަކުގެ ނަމުގައި އާންމުނަށް ގުޅައި ފައިސާ ހޯދުމަށް މަސައްކަތް ކުރުން ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ