އެސްޓީއޯއިން އިތުރު ތެޔޮ ޓޭންކަރެއް ގެންނަނީ

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެ ކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އިން އިތުރު، ތެޔޮ ޓޭންކަރެއް ގަންނަން އިއުލާނު ކޮށްފި އެވެ.
އެސްޓީއޯ އިން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ 29،000 ކިޔުބިކް މީޓަރާއި 36،000 ކިޔުބިކް މީޓަރާ ދެމެދު ތެޔޮ ޓޭންކަރެއް ގަންނަން ބޭނުންވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި އުޅަނދަކީ ކްލީން ޕެޓްރޯލިއަމް އަށް ހާއްސަ އުޅަނދަކަށް ވާންޖެހޭނެ ކަމަށާއި ޖަޕާނު، ދެކުނު ކޮރެއާ ނުވަތަ ޔޫރަޕުގެ ގައުމެއްގައި ބަނދެފައިވާ އުޅަނދަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވެ އެވެ.
ތެޔޮ ބޯޓު ގަތުމުގެ ބީލަމުގައި ރަޖިސްޓާ ކުރުމުގެ ފުރުސަތު އަންނަ މަހު ދޭކަށް ހުޅުވާލާފައިވާއިރު އަންނަ މަހު 12ގެ ކުރިން ބިޑް ޑޮކިޔުމެންޓު ހުށަހަޅަން ޖެހޭ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެސްޓީއޯ އިން އާ ތެޔޮ ބޯޓެއް ހޯދާއިރު، އެ ކުންފުނިން 2018 ވަނަ އަހަރު 25،000 މެޓްރިކްޓަނުގެ ތެޔޮ ބޯޓެއް ގެނެސްފަ އެވެ. އެ ކުންފުނިން ގެނައި ތެޔޮ ބޯޓު "އެމްޓީ އަލިމަސް" އަކީ 14.7 މިލިއަން ޑޮލަރަށް ގަތް ތެޔޮ ބޯޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ