އަދާލަތު ޕާޓީއަށް ދޭންޖެހޭ ފައިސާ ދޫނުކުރި މައްސަލައިގާ އެ ޕާޓީން ކުރި ދަޢުވާ ކޯޓުން ބޭރުކޮށްލައިފިއެވެ.
މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހު ދޫކުރިއިރު، އަދާލަތު ޕާޓީއަށް ފައިސާ ނުދިނީ އެ ޕާޓީގައި 10،000 މެމްބަރުން ހަމަނުވާތީއެވެ.
އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް އަދާލަތުން ކުރި ދައުވާ މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ބޭރުކޮށްލީ އެދުވަހުގެ އަޑުއެހުމަށް އަދާލަތުން ކޯޓަށް ހާޟިރު ނުވުމުން ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވާ އިރު، މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޟިރުނުވެއްޖެ ނަމަ ދައުވާ ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެއެވެ.
މިކަމާއިގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ އެދުވަހު ކޯޓަށް ހާޟިރު ނުވެވުނީ އިދާރީ އޮޅުމެއް އަރާފައިވާތީ ކަމަށެވެ.
އަދާލަތު ޕާޓީގައި ކުރިން 10،000 މެމްބަރުންގެ ދަފްތަރެއް އޮތްނަމަވެސް އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން އެ ޢަދަދު ވަނީ މަދުވެފައެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭކަށް ނުޖެހެއެވެ.
އަދާލަތު ޕާޓީއަށް ދޭންޖެހޭ ފައިސާ ދޫނުކުރި މައްސަލައިގާ އެ ޕާޓީން ކުރި ދަޢުވާ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ