ސަރުކާރުގެ ހަރުދަނާކަމެއް ނެތް ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފި: ޖޭޕީ

ސަރުކާރުގެ ހަރުދަނާކަމެއް ނެތް ސިޔާސަތުތަކަށް ނޫނެކޭ ބުނެ ރައްޔިތުން އެދޭ ގޮތް ސަރުކާރަށާއި ރައީސް ޔާމީނަށް ފަހުމުވާ މިންވަރަށް ރައްޔިތުން ބަސްބުނެފި ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް ޔާމީނު ގޮތް ދޫނުކޮށް ހަރުކަށިކަން ދޫކޮށް ގައުމަށް ފައިދާ ހުރި ގޮތަކަށް ކަންކަން ކުރުމަށް ރައްޔިތުން ބުނެފައިވާ ކަމުގައެވެ.
ގަނޫނީ މަދަނީ އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ސަރުކާރުން ކުރަމުންދާ އަމަލުތައް ވަގުތަށް ހުއްޓާލައި ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވުމަށް ގޮވާލާ ކަމަށާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި އެއްވެއުޅުމާއި ޚިޔަލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ހަނިކޮށްފައިވާ ކަމަށްވެސް ޖޭޕީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މުއައްސަސާތައް ބޭނުންކޮށް ސަރުކާރުން ހިތުހުރި ގޮތަކަށް އަމަލުކޮށް ރައްޔިތުންގެ ތައީދާއި ލޯބި ލިބިފައިވާ ލީޑަރުން ހައްޔަރުކޮށް ލީޑަރުންނަށް ކުރަމުންދާ ފުރައްސާރަ ހުއްޓާލުމަށްވެސް ޖުމްހޫރީ ޕާޓީގެ ބަޔާނުގައ ސަރުކާރަށްވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އެކިއެކި ބޭނުމަށް ހައްޔަރު ކުރެވިފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށްވެސް ޖޭޕީންވަނީ ސަރުކާރަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ