މެޕުން ކަރާ ހޯދައިގެން ޓީމަށް ޕޮއިންޓް! އުރީދޫން ‘ކަރާ ކުއެސްޓް’ ލޯންޗުކޮށްފި ރޭގަނޑު 9 އިން 1 އަށް އުރީދޫ ކަސްޓަމަރުންނަށް އަންލިމިޓެޑް ޑޭޓާ ލިބޭ އޮފާއެއް އީ-ސްޕޯޓްސް ފެސްޓިވަލްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ މާރިޗު 4 ގައި

މި ބަދަލާއެކު، 100,000 ރުފިޔާގެ އަގުހުރި ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް ހުޅުވާލާފައެވެ. މި ބަންޑަލްގައި އެންމެ ފަހުގެ 2 ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އަދި އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި ތަކެތި ހިމެނެއެވެ. އުރީދޫ އެޕް މެދުވެރިކޮށް ކުޅޭ މި ގޭމަކީ ރޯދަ މަހު ވަރަށް ގިނަ ބަޔަކު ބައިވެރިވާ މަޖާ އަދި ވާދަވެރި ހަރަކާތެކެވެ.
އުރީދޫ މޯލްޑިވްސްގެ ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ގޭމްގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލީ ބައިވެރިވާ އެންމެނަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ހަރަކާތަކީ ޑިޖިޓަލް ތަޖުރިބާތައް މެދުވެރިކޮށް ކަސްޓަމަރުން ގުޅުވައިދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ގްރޭންޑް ޕްރައިޒްގެ އިތުރުން، ދުވަހުން ދުވަހަށް ލިބޭ ޑޭޓާ ޕެކްތަކާއި ފައިސާގެ އިނާމުތައް ވެސް މި ހަރަކާތުގެ ތެރެއިން ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ