މާދަމާ ބާއްވަންޏާ އެއީ ޣައިރު ގާނޫނީ އިންތިހާބެއް: ގާސިމް

މާދަމާ ރާއްޖޭގައި ރިއާސީ އިންތިހާބެއް ބާއްވާ ނަމަ ބާއްވާނީ ޣައިރު ގާނޫނީ އިންތިހާބެއް ކަމަށާއި އެފަދަ އިންތިހާބެއްގައި ރައްޔިތުން ވޯޓުލާން ނުކުންނަން ނުޖެހޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ މާދަމާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާ އިންތިހާބު ޣައިރު ގާނޫނީ އިންތިހާބަކަށް ވަނީ، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގައިޑްލައިނާ ޚިލާފަށް އިންތިހާބު ބާއްވަން އުޅޭތީ ކަމަށެވެ. ގާސިމް ވިދާޅުވި ގޮތުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމަކީ ގައިޑްލައިންގައިވާ ކަމެއް ކަމަށާއި ނަމަވެސް، ސޮއިކުރަންޖެހޭ ލިސްޓުތައް އެ ޕާޓީ އަށް ލިބުނީ ވެސް މިއަދު ހަވީރު ހަތަރެއްގެ ފަހުންނެވެ.އެހެންކަމުން ލިސްޓުތަކުގައި ސޮއިކުރަން އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ އިތުރުން ވޯޓުލުމަށް ރަޖިސްޓްރީވާ މީހުންގެ ފިންގަ ޕްރިންޓް ޗެކްކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ އިރު، މިހާތަނަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެކަންތައް ކޮށްނުދޭ ކަމަށް ގާސިމް ވިދާޅުވި އެވެ.(އިތުރު ތަފްސީލް އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ