އިންޑިއާގައި އިމްތިހާނު ކަރުދާސްތަކެއް ލީކުވި މައްސަލައިގައި އަދަބު ދެއްވާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނިކޮށް،އެ ގައުމުގެ ޒުވާނުން އިސްނަގައިގެން ހިންގާ "ކޮކްރޯޗް" ހަރަކާތުން ބޮޑު މުޒާހަރާތަކެއް ބާއްވައިފި އެވެ.
ތައުލީމީ ވަޒީރު ދަރްމެންދުރަ އަލީގެ އިސްތިއުފާއަށް ގޮވާލައި ގާނޫނު ހަދާ މަޖިލީހަށް މާޗުކުރި ހަރަކާތް ފުލުހުންނާ ދެމެދު ހިންގި ހަމަނުޖެހުންތަކަކަށް ދިޔުމުން، 5،000 އަށްވުރެ ގިނަ މުޒާހަރާގެ ބައިވެރިން ވަނީ ދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދަށް އެއްވެފަ އެވެ.
މެއި މަހު ބޭއްވި މެޑިކަލް ސުކޫލްތަކުގެ ގައުމީ އެންޓްރެންސް އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި ބޮޑުވަޒީރު މޯދީ ވާހަކަފުޅު ދެއްކެވިކަން ކެބިނެޓް ވަޒީރަކު ހާމަކުރެއްވިއިރު، މިއީ މި މައްސަލައިގައި މޯދީ އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.
މި އިމްތިހާނުގެ ކަރުދާސްތައް ލީކުވުމުގެ އަސަރު ދެ މިލިއަނަށްވުރެ ގިނަ ޒުވާނުންނަށް ކޮށްފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުން އެ މައްސަލާގައި މާޔޫސްވެގެން 12 ވަރަކަށް ދަރިވަރުން ވަނީ އަމިއްލައަށް މަރުވެފަ އެވެ. މިއީ މޯދީގެ ވެރިކަމުގެ ތިންވަނަ ދައުރުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ.
ދިއްލީ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ދިއްލީގެ މަރުކަޒީ ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކުގައި ސެކިއުރިޓީއާއި ފުލުހުންގެ 118 މީހުންނާއި މުޒާހަރާގެ 60 ބައިވެރިން ހިމެނޭހެން 180 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
އޮންލައިން ސަމާސާ ހަރަކާތެއްގެ ގޮތުގައި ފެށި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ބާނީ ވިދާޅުވި ގޮތުގައި، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 150 އަށްވުރެ ގިނަ މީހުންނަށް މިހާރުވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ޓެސްޓު ޕޭޕަރުތައް ލީކުވި މައްސަލާގައި އިންޑިއާގައި ބޮޑު މުޒާހަރާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ