ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަކީ ބާތިލު ކޮމިޓީއެއް - މައުމޫން

ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަކީ ސަސްޕެންޑުކޮށްފައިވާ ބާތިލު ކޮމިޓީއެއް ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުކަމުން ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން، ވަކިކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން ވިދާޅުވީ ސައުދުއަކީ ޕީޕީއެމްއަށް ވަފާތެރި މެމްބަރެއް ކަމަށާއި، ސައުދުގެ މަސައްކަތުގެ އަގު ވަޒަން ކުރާ ކަމަށެވެ.
އަދި ސައުދު ވަކިކުރަން ނިންމި ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަކީ، ސަސްޕެންޑުކޮށްފައިވާ ބާތިލު ކޮމިޓީއެއް ކަމަށާއި، ބާތިލު ތަނަކުން ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލު ނިންމުމަކަށް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ސައުދު ޕީޕީއެމުން ވަކިކޮށްފައިވަނީ އިދިކޮޅު ފަރާތްތަކާއި އޭނާ ގުޅިވަޑައިގެންނެވުމުންނެވެ.
ސައުދު ވަނީ ޕީޕީއެމްއިން އޭނާ ވަކިނުކުރެވޭނެ ކަމަށާއި، އޭނާ ވަކި ކޮށްފައިވަނީ ގަވާއިދާއި ހިލާފަށް ޕީޕީއެމްގެ ނަމުގައި އުޅޭ ނުރަސްމީ ވަގުތީ ނުރަސްމީ ފެކްޝަނަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ