ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތް ވެސް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރު ނެރޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ސިއްރު މަޖިލިހެއްގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި، ގާސިމް ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައެޅީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ދައުލަތުން އެދުމުންނެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
"ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ" ގެ ޝަރީއަތް ނިމެންދެން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް ވެސް ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހެނދުނު ވަނީ ކަނޑައަޅައިފަ އެވެ.
ތަފުސީލް އަންނަނީ...
ޝަރީއަތް ނިމެންދެން ގާސިމް ވެސް ބަންދުގައި ބަހައްޓަން ކޯޓުން އަމުރެއް ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ