މޯދީ އަށް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ

އިންޑިއާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރެއްވި ބީޖޭޕީގެ ނަރެންދުރަ މޯދީ އަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
މޯދީ އަށާއި ބީޖޭޕީ އަށް އިންޑިއާގެ ރައްޔިތުން ދިން ވަރުގަދަ ތާއީދަކީ އިންތިޚާބުގެ ކެމްޕެއިންގައި މޯދި ވި އިސްލާހީ ބަދަލުތަކަށް އަމަލީ ސިފައެއް ގެނައުމަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ބާރެއް ކަމަށް މައުމޫން ވިދާޅުވި ކަމަށް އޮފީސް އޮފް ފޯމާ ޕްރެޒިޑެންޓް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މީގެ އިތުރުން ރާއްޖޭގެ ރައީސްގެ މަގާމުގައި މައުމޫން ހުންނެވި ދުވަސްވަރު އިންޑިއާގެ ލީޑަޝިޕާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަދި މިހާރު ދިވެހި ސަރުކާރު ހިންގާ ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ދެ ގައުމުގެ ރައްޔިތުންގެ ލާބައަށާއި ތަރައްގީ އާއި ސުލްހަވެރި ކަމަށްޓަކައި އިންޑީއާގެ ބީޖޭޕީ އާއި އަދި އާ ސަރުކާރާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ސަރުކާރުން ބަދަހި ގުޅުމެއް ބޭއްވެވުމަށް އެ މަނިކުފާނު އުންމީދު ކުރައްވާ ކަމުގައި ވެސް ރައިސް މައުމޫންގެ ސިޓީފުޅުގައި ލިޔުއްވާފައިވެ އެވެ،" މައުމޫންގެ އޮފީހުން ބުންޏެވެ.
މޯދީ އާއި ބީޖޭޕީގެ ކާމިޔާބީއާ ގުޅިގެން ރައީސް ޔާމީން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތަހުނިޔާ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ