ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ގާސިމް އިބްރާހީމް މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ އެމަނިކުފާނަށް ޗިޓް ފޮނުވުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ބިރު ދެއްކުމަށް ކަމަށެވެ. އަދި ގާސިމް އިބްރާހީމް މިރޭ ފުލުސް އޮފީހަށް ހާޒިރުވާއިރު ވީހާވެސް ގިނަ ބޭފުޅުން ގާސިމްގެ އަރިހުގައި ފުލުސް އޮފީހަށް ދިއުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް އިބްރާހީމް މިރޭ 8:30 ގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާ ޗިޓް ފޮނުވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް ފުލުހުން މިމައްސަލާގައި މިހާތަނަށްވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ގާސިމް އިބްރާހީމް މިރޭ ފުލުހަށް ހާޒިރުކުރާއިރު އިއްޔެ ރޭ ވަނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި މީގެ ކުރިން ވަނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމަށް ޓެރަރިޒަމުގެ ދައުވާ ކުރުމަށް ކޯޓަށް ވެސް ފޮނުވާފަ އެވެ.
ގާސިމް ފުލުހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ބިރު ދައްކަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ