މަޤުބޫލު އުޒުރެއްނެތި ކޯޓަށް ހާޟިރު ނުވުމުން އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓުން ބާޠިލުކޮށްފިއެވެ.
އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށްއެ ޕާޓީން ދައުވާކުރި މައްސަލަ ސިވިލް ކޯޓުން ބާޠިލު ކުރުމަށްފަހު ހުކުމުގައި ބުނެފައިވަނީ އެމައްސަލައިގެ ޝަރީއަތް ހިންގުމަށް މިދިޔަ ހޯމަ ދުވަހުގެ ހެނދުނު 9:45 އަށް ކޯޓަށްހާޟިރުވުމަށް އެ ޕާޓީއަށް ޗިޓް ފޮނުވުމުން މަޤުބޫލު އުޒުރެއް ނެތި އެޕާޓީން ކޯޓަށް ހާޟިރުވެފައިނުވާތީ ކޯޓަށް މީހުންހާޟިރުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދުގެ ދަށުން އެ މައްސަލައިގެދައުވާ ފޯމް ބާޠިލްކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ 27ގައި އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ އާއި 2015 ވަނަ އަހަރުގެ މޭމަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާގައި ހިނގިހަމަނުޖެހުންތަކާ ގުޅިގެންނާއި މިދިޔަ އަހަރު ޑިސެމްބަރުމަހު "މިންޖުވާން" ނަމުގައި ކުރި މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކާގުޅިގެންނެވެ.
އެގޮތުން މޭޑޭގައި ކުރިމުޒާހަރާއާ ގުޅިގެން 69،000 ރުފިޔާއިން އަދި މިންޖުވާން މުޒާހަރާއާ ގުޅިގެން 75،000 ރުފިޔާއިން އަދާލަތުޕާޓީ ވަނީ ޖޫރިމަނާކޮށްފައެވެ.
މަޤުބޫލު އުޒުރެއްނެތި ކޯޓަށް ހާޟިރު ނުވުމުން އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓުން ބާޠިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ