ހެނބަދޫ ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސް އިފްތިތާހު ކުރައްވައިފި

ނ. ހެނބަދޫގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު އިފްތިތާހުކުރައްވައިފި އެވެ. 
ޗަމްޕާ ބްރަދާސް އިން ގާއިމުކުރި މި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އަދި އެ މަޝްރޫއު ނިމިފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ގައެވެ. 
އަލް ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެޅި މި ނަރުދަމާގެ ހިދުމަތަށް ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 
ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު ވިދާޅުވީ އެރަށުގެ ފެނުގެ ދަތިކަމަކީ ވަރަށްބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.
އަދި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޗަމްޕާ މުހައްމަދު މުސާ (އުއްޗު) އަމިއްލަ އިސްނަންގަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ