އދގެ ފުރިހަމަ މެމްބަރު ގައުމަކުން އަދާކުރާނެ ގައުމެއްގެ ފުރުސަތު ފަލަސްޠީންއަށް ދޭންނިންމައިފި

އދގެ ފުރިހަމަ މެމްބަރު ގައުމަކުން އަދާކުރާ ހުރިހާ މަސްޢޫލިއްޔަތުތައް އަދާކުރާނެ ގައުމެއްގެ ފުރުޞަތު ފަލަސްޠީން އަށް ދިނުމަށް އދގެ ޢާއްމު މަޖިލީހުން ނިންމައިފިއެވެ.
އދ.ގެ 193 މެމްބަރު ޤައުމު ހިމެނޭ އާއްމު މަޖިލީހުގައި އަންގާރަ ދުވަހު ނެގި ވޯޓުގައި ފަލަސްޠީނަށް މެމްބަރުގެކަމުގެ ދައުރު އަދާކުރުމުގެ ފުރުޞަތު ދީފައިވަނީ 146 ޤައުމުގެ ރުހުމާއެކުގައެވެ.
މިކަމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާ، އިސްރާއީލު އަދި އޮސްޓްރޭލިޔާއިންނެވެ. 29 ޤައުމުން ވަނީ ވޯޓުގައި ބައިވެރިވުމަށް ދެކޮޅުހަދާފައެވެ. އަދި ފަނަރަ ޤައުމުން މި ޖަލްސާއަށް ހާޒިރު ވެފައި ނުވެއެވެ.
މިސްރުން ހުށަހަޅާފައިވާ މި ޤަރާރުގައި ބުނެފައިވަނީ 2019 ވަނަ އަހަރު ފަލަސްޠީނަށް، އާއްމު މަޖްލީހުގެ ބައްދަލުވުންތަކުގައި ވާހަކަ ދެއްކޭނެ ކަމަށެވެ. އަދި ފަލަސްޠީނަށް ކަންކަމުގައި ބަޔާންތައް ނެރުމާއި، މުޢާހަދާތައް އެކުލަވާލާ ހުށަހެޅުމުގެ މިނިވަންކަން ވެސް ލިބިގެންދާނެ ކަމަށް މިސްރުގެ ޤަރާރުގައި ބުނެފައިވެއެވެ.
އދގެ ޢާއްމު މަޖިލީހުން ފަލަސްޠީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ ފަލަސްޠީނަކީ އދގެ ނޮން-މެމްބަރު ދައުލަތެއް ކަމަށް ބަލައިގެންފައިވަނީ 2012 ވަނަ އަހަރު ނެގި ވޯޓެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ