ނަޝީދު މިނިވަން ކުރުމުގެ ކުރިން، 8 ފެބްރުއަރީގެ ވާހަކަ ދައްކަން ޖެހޭ: މެމްބަރު ތާރިޤް

ނަޝީދު މިނިވަން ކުރުމުގެ ކުރިން، 8 ފެބްރުއަރީގެ ވާހަކަ ދައްކަން ޖެހޭ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިޤް ވިދާޅުވެއްޖެއެވެ.ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުން، މެމްބަރު ތާރިޤް ވިދާޅުވީ، އެ ޤާރާރު ހުށަހަޅާފައިވަނިކޮށް، ޕްރޮސެކިއުޓާ އޮފީހުން ސުޕްރީމް ކޯޓަށް ނަޝީދުގެ މައްސަލަ މުރާޖާ ކުރަން ހުށަހަޅާފައިވާ ކަމަށާއި އެކަމުގެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. މެމްބަރު ވިދާޅުވިގޮތުގައި ދިވެހި ރާއްޖޭގެ ކޯޓު ތަކަކީ ވަރަށް ތާހިރު އިންސާފު ލިބިގެންދާ ތަނަކަށް ވާން ޖެހޭނެ ކަމަށެވެ. މީގެއިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު ތާރިޤް ވިދާޅުވީ، 2008 ވަނަ އަހަރު ނޮވެމްބަރު 11 ވަނަ ދުވަހު، އަގުލަބިއްޔަތުން ހުވާކޮށް، ދިމާވި ކަންތައްތަކާއެކު މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި މައްސަލަ ބަލަން ޖެހޭނޭ ކަމަށެވެ. މެމްބަރު ވިދާޅުވިގޮތުގައި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ ހައްޔަރު ކުރި މައްސަލައަށްވެސް ވިސްނަން ޖެހޭ ކަމަށެވެ. މީގެއިތުރުން އެއަށް ފަހު ޑރ. ވަހީދު ގެ ވެރިކަމުގެ ތެރޭގައި ހުޅުމާލެ ކޯޓުގެ ތެރޭގައި ކުރިޔަށް ދިޔަ ޝަރީއަތާއި ދެން ހުކުމް ކުރެވިގެން ދިޔަ ގޮތައް ބަލަން ޖެހޭ ކަން އޭނާ ވިދާޅުވިއެވެ. ތާރިގް ވިދާޅުވީ ނަޝީދުގެ މައްސަލައިގައި އިޖުރާއުތައް ރަނގަޅަށް ގޮސްފައި ނެތް ކަން ފާހަގަކުރެވޭ ކަމަށެވެ. މެމްބަރު ވިދާޅުވީ، ނަޝީދު މިނިވަން ކުރުމަށް ޤާރާރުތަކެއް ހުށަހަޅާ ކަމުގައިވަނީނަމަ، 7 ފެބްރުއަރީ މުހައްމަދު ނަޝީދު އިސްތިއުފާ ދޭއްވި ގޮތާއި، އެ ޖަޒުބާތުގެ ތެރޭގައި 8 ފެބްރުއަރީގައި ވި ކަންކަން ބަލަން ޖެހޭ ކަމަށެވެ. މެމްބަރު ވިދާޅުީ، 7 ފެބްރުއަރީ އާއި 8 ފެބްރުއަރީގެ ހާދިސާ އިތުރަށް ތަކުރާރު ނުކުރުމަށް މަޖިލީހުން ޤާރާރު ނެރެން ޖެހޭ ކަމަށެވެ.
މެމްބަރު އަލީ އާރިފް
މި މައްސަލައިގައި ބަހުސް ކުރައްވަމުން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، މިނިވަން ޝަރުއީ ނިޒާމުގެ ތެރެެއިން ނަޝީދުގެ މައްސަލަ ބެލެވެން ޖެހޭ ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީގެ 141 ވަނަ މައްދާގެ (ނ) އަށް އަލި އަޅުއްވާލައްވާ މެމްބަރު ވިދާޅުވީ، އަދުލު އިންސާފު ޤާއިމް ކުރުމުގެ ދާއިރާއިން ނިންމާ ކަންކަމަށް ބެހި ނުފޫޒް ފޯރުވައިގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ހުރިޙާ ފަންތިއެއްގެ އެެއްވެސް ގިންތިއެއްގެ ބޭފުޅުންނަށް ހަމަހަމަ ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އަލީ އާރިފް ވިދާޅުވީ، ނަޝީދު މިނިވަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަން ޖެހޭނީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އެ ޤާރާރަށް ޖުމުލަ ގޮތެއްގައި ތާޢީދު ކުރާ ކަން ފާހަގަކުރައްވާ، އާރިފް ވިދާޅުވީ، އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން، ބޭއިންސާފުން ހުކުމެއް އައިސްފި ނަމަ އެކަން ބަލަން ޖެހޭ ކަމަަށެވެ. އާރިފް ވިދާޅުވީ، އެ ޤާރާރުގެ ތެރޭގައި ހުރި ކަންކަން ކޮމިޓީ މަރުހަލާގައި އިސްލާހް ކުރަން ޖެހޭ ކަމަށެވެ. އަދި ހުކުމް ސީދާ ބާތިލު ކުރުމުގެ ބަދަލުގައި، އަދުލު އިންސާފުގެ ދާއިރާގެ ތެރެއިން ކަންކަން ބަލައިދިނުމަށް ޕީޖީއަށާއި ކޯޓަށް ހުށައަޅަން ޖެހޭ ކަމަށެވެ. 
މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިޤް
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ - މެޓް އޮފިސް
31 މިނެޓް ކުރިން
ވައިގެ މަގުން އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
37 މިނެޓް ކުރިން
ނަޝީދު މިނިވަން ކުރުމުގެ ކުރިން، 8 ފެބްރުއަރީގެ ވާހަކަ ދައްކަން ޖެހޭ: މެމްބަރު ތާރިޤް
38 މިނެޓް ކުރިން
ނަޝީދާއެކު އާންމު ރައްޔިތުންގެ ވާހަކަ ވެސް ދައްކަން ޖެހޭ: މެމްބަރުން
1 ގަޑި ކުރިން
އައު މަންހަޖްގެ ސަބަބުން ދަރިވަރުންގެ ތަޢުލީމަށް ހެޔޮ ބަދަލުތަކެއް އައިސްފި- ޝަފީއު
2 ގަޑި ކުރިން
ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް މުރާޖަޢާކުރުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
2 ގަޑި ކުރިން
ޤާނޫނާއި ހިލާފަށް ދައުރު ނުފެށުމަށް އިލްތިމާސް ކުރަން: ޝިޔާމް
9 ގަޑި ކުރިން
މަޖިލިސް މާރުކޭޓު ހުޅުވާލަނީ
19 ގަޑި ކުރިން
ރިޔާސީ ދައުރުގެ 5 އަހަރު ހަމަވާނީ ނޮވެމްބަރު 17 އަށް: ރިފާއު
9 ގަޑި ކުރިން
ލައިވް ބްލޮގް: ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ
10 ގަޑި ކުރިން
ވޯޓަށް އެހި ތިން ބިލް ވެސް ފާހެއް ނުވި
5 ގަޑި ކުރިން
ނަޝީދާއި ބެހޭގޮތުން ވާހަކަ ނުދެއްކެވުމަށް ދުންޔާގެ އަރިހުން ހަސަން ލަތީފު އެދިވަޑައިގެންފި
22 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ