މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ: ކަރަންޓް ދިނުމުގެ މަސައްކަތްދަނީ ކުރަމުން

މުޅި މާލެއިން ކަރަންޓްގެ ޚިދުމަތް ކެނޑިއްޖެއެވެ. މާލެއިން ކަރަންޓް ކެނޑިފައިވަނީ ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ސްޓެކްލޯއިން މަޢުލޫމާތުދެއެވެ.
މުޅި މާލެއަށް ކަރަންޓް އަލުން ދިނުމަށްޓަކައި ގަޑިއެއްހާއިރު ނަގާނެ ކަމަށާއި، ކަރަންޓް ދިނުމަށްޓަކައި މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ސްޓެކްލޯއިން މަޢުލޫމާތުދެއްވައެވެ.
ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒް ކުރުމުގެ މަސައްކަތް މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ކުރިންވަނީ ބުނެފައެވެ. މި މަސައްކަތުގެ ފަހު ދުވަސްކަމުގައިވާ އަންނަ ބުރާސްފަތި ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަރޖައިޒްކުރުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ