ކަރަންޓު ކޭބަލެއް ބުރިކޮށްލި ތިން މީހެއްގެ ޝަރީޢަތް ނިމެންދެން ބަންދު ކޮށްފި

ގދ. ގައްދޫގައި ކަރަންޓް ކޭބަލެއް ބުރިކޮށްލި މައްސަލައަކާ ގުޅިގެން ތިން މީހަކު ބަންދު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެރަށުގައި އަލަށް ޢިމާރާތް ކޮށްފައިވާ ސްކޫލް ކައިރީގައި އެމްޑްބްލިޔުއެސްސީ އިން ބާއްވައިފައިއޮތް ބޮޑު ކަރަންޓު ކޭބަލެއް ބުރި ކޮށްލާފައިވާ މައްސަލަ ހުށަހަޅާފައިވަނީ މިމަހު 18 ވަނަ ދުވަހުގެ ރޭ 23:00 ގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ލިބުނު މަޢުލޫމާތުގެ އެހީގައި އެކަން ކުރިކަމަށް ބެލެވޭ ތިން މީހަކުވަނީ މިމަހު 20 ވަނަ ދުވަހު ބަންދުކޮށްފައެވެ.  އެ ތިންމީހުން ވެސް ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބަންދު ކޮށްފައިވަނީ ޢުމުރުން 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ގދ. ވާދޫ ކޯޓަށް ހާޒިރު ކުރުމުން އެކޯޓިން ވަނީ ޝަރީޢަތް ނިމެންދެން އެ ތިންމީހުންވެސް  ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ