ސުޕްރީމް ކޯޓުން އީސީގެ މިނިވަން ނަގާލި - ޝަރީފު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައި އެބަ ހުރި ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން އެއްސެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ އިންތިހާބާ ގުޅިގެން ކަންކަން ކުރާނެ ވަގުތު ކަނޑައެޅުމަކީ އީސީގެ ގާނޫނުން އެ ކޮމިޝަނަށް އޮންނަ މެންޑޭޓެއް ކަމަށް ވިޔަސް ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް އަމުރުތަކާއި ގައިޑްލައިންތަކުގައި ގާނޫނު އަސާސީން އީސީގެ މައްޗަށް ދީފައިވާ މެންޑޭޓްގައި ހިމެނޭ ބައެއް ކަންކަން ކުރަން ވެސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
" މިއީ އީސީގެ މެންޑޭޓް ތެރެއަށް ސުޕްރީމް ކޯޓުން ވަނުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން އިންތިހާބާ ގުޅުން ހުރި ކަންކަން ކުރަންވީ ގަޑި އާއި ވަގުތު ވެސް އަންގާފައިވޭ " ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މީގެ ސަބަބުން ސުޕްރީމް ކޯޓުން ކަމެއް ނިންމާފައި އޮތް އިރުގައި ގަޑިއާއި ވަގުތާ ދީފައި އޮތުމުން އީސީ އަށް ގަޑިއަށް ފެއްތުމަށްޓަކައި ހޭލައި ތިބެގެން މުވައްޒަފުން ނެރެގެން މައްސަކަތް ކުރަން ޖެހުނު ކަމަށެވެ.
،" ސުޕްރީމް ކޯޓުން ވެސް ގަބޫލު ކުރަން ޖެހޭނެ އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަންކަން ކޯޓުން ނިންމުމުގައި ވިސްނަން ޖެހޭނެ ކަމަށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް އަމުރުތަކާއި ގައިޑްލައިންތަކުގައި އީސީން ކަން ބޮޑުވާ ކަންކަން އެބަ ހުރި ކަމަށާއި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ގައިޑްލައިންގައި ހިމެނޭ ބައެއް ކަންކަން މިހާރު ގާނޫނު ތެރޭގައި ހިމެނިފައިވީ ނަމަވެސް ގާނޫނުގެ ތެރޭގައި އަދިވެސް ނުހިމެނި ހުރި ކަންކަމާ ގުޅިގެން އަމަލު ކުރަންވީ ގޮތަކާ މެދު ކޮމިޝަންގެ ފަރާތުން ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގައި އެދުނު ކަމަށެވެ.
" މަޖިލީހުގައި ގޮނޑީގެ ސައްހަކަމާ މެދު ސުވާލު އުފެދުނު 12 މެންބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން އެކި ފަހަރު މަތިން އެކި ގޮތަށް އަމުރު ނެރުމުން އީސީން ކަންކަން ތަންފީޒު ކުރަން ދަތިތަކެއް ދިމާވި " ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ