ޓޯކޮށްފައިވާ ބައެއް އުޅަނދު މިއަދު ނައްތާލައިފި

ފުލުހުން ޓޯކޮށްފައިވާ ބައެއް އުޅަނދުފަހަރު މިއަދު ނައްތާލައިފިއެވެ. ފުލުހުން ވިދާޅުވީ މިއަދު ނައްތާލައިފައިވަނީ 64 ސައިކަލާއި، 4 ފުރޮޅުލީ 10 އުޅަނދާއި، 5 ބައިސްކަލް ކަމަށެވެ.
މި ތަކެތި ނައްތާލައިފައިވަނީ ކުރީގެ ކުނިކޮށީގައެވެ. ފުލުހުން ޓޯކުރާ އުޅަނދުފަހަރު ޓޯކުރުމަށްފަހު އެ ބަލައި އައުމަށް ވަކި މުއްދަތެއް ވެރިފަރާތަށް ދެއެވެ. އެ މުއްދަތުގައި ބަލައިނައިސްފިނަމަ ނައްތާލުމަކީ ފުލުހުން އާންމުކޮށްކުރާ ކެމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ