އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޛް އަހުމަދު ސިއްދީގު ހިންމަފުއްޓަށް ޒިޔާރަތްކޮށް، އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ.
ސިއްދީގު އެ ރަށަށް ޒިޔާރަތް ކުރީ މީގެ ތިން ދުވަސް ކުރިންނެވެ. މިއަދުގެ ހެނދުނު 11:00 ޖެހުމާއި ހަމައަށް ސިއްދީގު ހުންނެވީ އެ އެރަށުގައެވެ. ހިންމަފުއްޓަށް ޒިޔާރަތްކޮށް ރަށުގައި ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާއި ބަައްދަލުކުރިއެވެ. އެ ރަށުން ހީނުކުރާ ވަރުގެ ތަރުހީބެއް ލިބުނުކަމަށް ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ، ހިއްމަފުށީގެ ޕީޕީއެމް މެންބަރުން ތިބީ އެއް ރޫހެއްގައި، އެ ޕާޓީއަށް ގޮނޑި ނަގަން ތައްޔާރަށް ކަމަށެވެ. އެ މީހުން ތާއިދު ކުރަނީ ރައީސް އަބްދުﷲ ޔާމީންގެ ފިކުރަކަށް ކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ.
ހިއްމަފުށީގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއިވެސް ބައްދަލުކޮށް ހިޔާލު ބަދަލުކޮށްފައިވާނެ ކަމަށް ސިއްދީގު ވިދާޅުވިއެވެ.
"ވަރުބަލިކަމެއް ނެތި ހެނދުނުން ފެށިގެން ގޮސް ހަވީރާއި، ހަމައަށް ގެތަކަށް ޒިޔާރަތްކޮށް މީހުންގެ ގާތުގައި ވޯޓު ދިނުމަށް އަހާ، ރަށު ތެރޭގައި ޕޯސްޓަރުތަކާއި އިޝްތިހާރު ހަރުކުރުމުގެ ކަންތައްވެސް ސަޕޯޓަރުންނާއެކު ކުރިއަށް ދިޔަ" ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ، ބައެއް ފަރާތްތަކުން އޭނާގެ ޕޯސްޓަރުތަކަށް ގެއްލުންވެސް ދީފައިވާ ކަމަށެވެ. އެއީ އަބަދުވެސް ކުރަމުންދާ ކަމެއް ކަމަށާއި، ނަމަވެސް އޭނާގެ ސަޕޯޓަރުން އެހެން މީހުންގެ ޕޯސްޓަރު ތަކަށް ގެއްލުން ދީފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ރައްޔިތުންނާއި ބައްދަލުކުރުމުން އެނގުނުގޮތުގައި، ބައެއް ފަރާތްތަކުން ފައިސާ ދީގެން ވޯޓު ގަންނަމުން ދެއެވެ.
"ބައެއް ތަނަވަސް ބޭފުޅުން ފައިސާ ދީގެން ޕީޕީއެމް މެންބަރުން ބަދަލު ކުރުމަށްޓަކައި މަސައްކަތް ކުރޭ. ނަމަވެސް އެެއަށްވުރެ މާ ވަރުގަދަ އަޒުމެއްގައި އާއްމު ރައްޔިތުންން ތިބީ. ފައިސާވެރިންގެ ޖީބަށް ވަންނަ ގޮތަކަށް ނޫން ތިބީކީ" ސިއްދީގު ވިދާޅުވިއެެވެ.
ސިއްދީގުއަކީ ރައީސް ޔާމީންގެ ތާއިދާގެ މަޖިލީހަށް ކުރިމަތިލައްވާ ބޭފުޅެކެވެ. އޭނާއަކީ އެމަނިކުފާނުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އަލްއުސްތާޛް އަބްދުﷲ ސިއްދީގަށް ހިންމަފުށިން ބޮޑު ތަރުހީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ