އޭޑީކޭ އިން ކަރަންޓު ކެނޑި، ހިދުމަތްތައް މެދުކަނޑާލައިފި

އޭޑީކޭ ހޮސްޕިޓަލުން ކަރަންޓު ކެނޑިގެން އެތަނުގެ ގިނަ ޚިދުމަތްތަކެއް މެދުކަނޑާލައިފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު ވިދާޅުވީ ހޮސްޕިޓަލުގެ އިލެކްޓްރިކް ވައިރިން މައްސަލައަކާ ގުޅިގެން އެތަނުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާތާ ތިން ގަޑިއިރެއްހާއިރު ވެފައިވާ ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމާއި ލޭބާރޫމް ފިޔަވައި އެހެން ތަންތަނުން ހިދުމަތް ދިނުން މެދުކަނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ކަރަންޓަށް ދިމާވި މައްސަލަ މިހާރު ހައްލު ކުރަމުން އައި ނަމަވެސް، ހިދުމަތްތައް ދިނުން އަލުން ފެށޭނެ އިރެއް ވިދާޅުވާން ދަތި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ