ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ފަނޑިޔާރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ހަލީމް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މިސާލު ދެއްކެވުމަށް ކަމަށެވެ.
ހަލީމް ވިދާޅުވީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ މަސައްކަތް ކުރާނަމަ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސުޕްރީމް ކޯޓުން ފެށިގެން ދަށު ކޯޓުތަކާ ހަމައަށް ތިއްބެވި ފަނޑިޔާރުން މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.
ހަލީމް ވިދާޅުވީ ފަނޑިޔާރުން އިސްތިއުފާ ދެއްވަންޖެހެނީ އާ ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރުން އައްޔަންކުރިއިރު ވެސް ގާނޫނީ ސުވާލުތަކެއް އުފައްދާފައިވާތީ ކަމަށެވެ. އަދި ގޭންްގްތަކުން ބޭނުންވާ ގޮތަށް ބައެއް ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ގެންދާތީ މިކަންކަން ރަނގަޅުކުރުމަށް ފުރުސަތު ދިނުމަށްޓަކައި ވެސް ފަނޑިޔާރު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ހުންނަވާނީ ގައުމީ ހިދުމަތުގައި ކަމަށެވެ.
ނ. ވެލިދޫ އަށް ނިސްބަތްވާ މުހައްމަދު ހަލީމް ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ 18 ފެބްރުއަރީ 2015 ގައެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ