ޑރ ޝަހީދު ކޮންމެވެސް ގައުމަކަށް ވިއްކާލަންޖެހޭ: ނިހާން

ކުރީގެ ވަޒީީރު އަދި އދގެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބު ޑރ އަހުމަދު ޝަހީދު ކޮންމެވެސް ގައުމަކަށް ހެޔޮައަގެއްގައި ވިއްކާލަންޖެހޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ޑރ ޝަހީދަށް ފާޑުވިދާޅުވެއްޖެއެވެ.
ނިހާން ޑރ ޝަހީދަށް ފާޑުވިދާޅުވެފައިމިވަނީ ރައީސް އަބުދުﷲ ޔާމީން ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ޑރ ޝަހީދު ޓްވިޓާގައި ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ޑރ ޝަހީދުގެ ޓްވީޓާއި ގުޅިގެން ކޯފާއިސްކުރައްވާ ނިހާން ކުރެއްވިި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ ޝަހީދު ކޮންމެވެސް ގައުމަކަށް ހެޔޮައަގެއްގައި ވިއްކާލަންޖެހޭކަމަށެވެ.
"މި ޝަހީދު ވިއްކާލަންވީ ކޮންމެވެސް ގައުމަކަށް. ހެޔޮ އަގެއްގައި." ނިހާންގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ